ހައްޖުގެ އަޅުކަން

އިތުރު ހައްޖުވެރިއަކު ނިޔާވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ހައްޖާޖީން ސައުދީ އަރަބިއްޔާގައި -- ފޮޓޯ: ހައްޖު ކޯޕަރޭޝަން
0%
0%
100%

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މައްކާގައި ހުއްޓާ އިއްޔެ ކުއްލި ގޮތަކަށް ނިޔާވީ ނ. ހޮޅުދޫ، އުދަރެސް، ގާސިމް އިބްރާހީމް އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ އިތުރު ދެ ދިވެހިންވެސް ވަނީ ނިޔާވެފަ އެވެ.

އެ ގޮތުން ހައްޖު މަހުގެ އަށްވަނަ ދުވަހުގެ ރޭ މިނާ ޓެންޓުން ނިކުތް ފަހުން ގެއްލިގެން ހޯދަމުންދިޔަ ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް ޢަލީ (72) ނިޔާވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދަ ކައިރިންނެވެ.

މުހައްމަދު ނަސީމް ފެނުނީ ގެއްލިގެން ހޯދާތާ ހަތަރު ދުވަސް ފަހުންނެވެ.

ހައްޖުގެ އަޅުކަމަށް ގޮސް އުޅެނިކޮށް ނިޔާވި ދެވަނަ މީހަކީ ދ. މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ހަސަން (72އ) އެވެ.

އޭނާ ނިޔާވީ ޖޫން މަހުގެ 30 ވަނަ ދުވަހު މައްކާގެ ސައުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910