އިލެކްޝަންސް ކޮމިޝަން

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވި ކެންޑިޑޭޓުން ޖޫރިމަނާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވި ތިން ކެންޑިޑޭޓުން ޖޫރިމަނާކޮށްފި އެވެ.

މިއަހަަރުގެ އޭޕްރީލް 15 ވަނަ ދުވަހު އޮތް ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވީ ހުސައިން ރިޒާ އެވެ. އެމްޑީޕީގެ ފަރާތުން އިބްރާހީމް ޝާޒް ވާދަކުރެއްވިއިރު އެމްއެންޕީގެ ފަރާތުން ވާދަކުރެއްވީ އަލީ އާރިފް އެވެ.

ބައި އިލެކްޝަންސް ކާމިޔާބުކޮށް މެންބަރު ކަމުގެ ހުވާ ކުރެއްވީ އިބްރާހީމް ޝާޒް އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވި ތިން ކެންޑިޑޭޓުން ޖޫރިމަނާކުރީ މާލީ ބަޔާން ފުރިހަމަކޮށްފައި ނުވާތީ ކަމަށެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތަށް މާލީ ބަޔާން ތައްޔާރުކޮށްފައި ނުވާތީ ތިން ކެންޑިޑޭޓުންނާއި އެމީހުންގެ އިންތިހާބީ އެޖެންޓް ޖުރިމަނާކޮށްފައިވަނީ ކޮންމެ ބޭފުޅަކު 6،000 ރުފިޔާ އިންނެވެ.

ގާނޫނުގައިވާ ގޮތުން އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 21 ދުވަސް ތެރޭހައި މާލީ ބަޔާން ހުށަހަޅަންޖެހެ އެވެ. މާލީ ބަޔާން އޮންނަންޖެހެނީ ކަމާ ގުޅޭ އިދާރާތަކުން ބަލައިގަންނަ އޮޑިޓަރަކު އޮޑިޓްކޮށްފަ އެވެ.