ހދ. ކުމުންދޫއަށް ހިލަ ހިފައިގެން ދިޔަ ބާޖެއް އެ ރަށު ނެރުމައްޗަށް އުރިއްޖެ އެވެ.
އެމްޓީސީސީގެ އެ ބާޖު ރަށުގެ ނެރަށް އުރުނީ އިއްޔެ ހަވީރު އެވެ.
ކުމުންދޫ ކައުންސިލްގެ މެމްބަރު އަލީ އަންވަރު އަވަސް އަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި އެ ބާޖުގައި ހުރީ ރަށުގައި އަލަށް ހަދާ ނެރަށް ބޭނުންވާ ހިލަ އެވެ.
ހާދިސާ ހިނގީ މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ކަމަށާއި ހާދިސާގައި މީހަކަށް އަނިޔާނުވާ ކަމަށް އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ދިޔަވަރު ހިކިފައި އޮތުމުގެ ސަބަބުން ބާޖު ފުންނުކުރެވޭ ކަމަށާއި ބާޖު ފުންކުރެވޭނެ އިރެއް ނޭނގޭ ކަމަށެވެ.
ބާޖު އޮތީ ނެރުގެ އެއްފަޅިއެއްގައި ކަމުން އެހެން އުޅަނދުފަހަރު ފަޅަށް ވަދެ ނިކުތުމުގައި ދަތިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.