އެމްއެންޑީއެފް

26 މީހުނާއެކު ދަތުރުކުރި ލޯންޗެއް ފަރަށް އަރައިފި

26 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ފަރަށް އަރައިފި އެވެ.

އެމްޓީސީސީގެ "ކަޅިހި" ލޯންޗު ފަރަށް އަރާފައިވަނީ ކ. ކޮށްދިއްޕަރު ކައިރި އޮތް ފަރަކަށެވެ. ސިފައިން ބުނީ އެ ލޯންޗު ފަރަށް އެރުމާއި ގުޅިގެން ކޯސްޓްގާޑްގެ ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފަރަށް އެރި ލޯންޗުގައި ތިބި 26 މީހުންގެ ތެރޭގައި ދެ އަންހެނުންވެސް ހިމެނެއެވެ. އެ މީހުން މިހާރު ތިބީ ކޮށްދިއްޕަރުު ކައިރި އޮތް ތުޑިއެއްގައެވެ. އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.