މޫސުން

މޫސުން ގޯސްވެ ދަތުރުފަތުރަށް ބުރޫއަރައިފި

މޫސުން ގޯސް ވުމުން ކަނޑު ގަދަ ވެފައިވާ ދުވަހެއްގައި ލޯންޗެއް ދަތުރު ކުރަނީ: މޫސް ގޯސްވުމުގެ ސަބަބުން ވައިގެ ދަތުރުފަތުރާއި، ކަނޑުދަތުރުފަތުރު ކުރުމަށް އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ --- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖޭގެ މޫސް ގޯސްވުމުގެ ސަބަބުން ވައިގެ ދަތުރުފަތުރާއި، ކަނޑުދަތުރުފަތުރު ކުރުމަށް އުނދަގޫތަކެއް ކުރިމަތިވެއްޖެ އެވެ.

މޫސުން ގޯސްވުމާ ގުޅިގެން ވައިގެ ދަތުރުފަތުރާ ގުޅޭގޮތުން އަވަސް އިން ސުވާލުކުރުމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ، މިއަދު ހެނދުނު އައި ކޮޅިގަނޑުގައި އެއާޕޯޓަށް ޖައްސަން މަސައްކަތް ކުރި ފްލައި ދުބާއީގެ ފްލައިޓަކާއި ލުފްތަންސާގެ ފްލައިޓެއް ޑައިވާޓް ކޮށްފައިވާ ކަމަށެވެ. އަދި ޑޮމެސްޓިކް ފްލައިޓުތަކުގެ ތެރެއިން ވިލާ އެއާގެ ފްލައިމީގެ ފްލައިޓެއްވެސް ޑައިވާޓް ކޮށްފައިވާ ކަމަށެވެ.

ހަސަން ވިދާޅުވީ މިހާރު ކޮންމެވެސް ވަރަކަށް ވައި މަޑުވުމުގެ ސަބަބުން ފްލައިޓް އޮޕަރޭޝަންތައް ކުރިއެކޭ އެއްގޮތަށް ފަށާފައިވާ ކަމަށެވެ. އަދި އެއްވެސް ފްލައިޓެއްގެ ދަތުރުތައް ކެންސަލްކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ކޮވިޑާއި ގުޅިގެންނާއި މޫސުމާ ގުޅިގެން އަދިވެސް ބައެއް ފްލައިޓްތަކުގައި ކުޑަ ލަސްވުމެއް އުޅޭ ކަމަށެވެ.

ރާއްޖޭގެ ސީޕްލޭންތަކުގެ ދަތުރުތަކާއި ގުޅޭގޮތުން އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވީ ސީޕްލޭންތަކުގެ ދަތުރުތަކަށްވެސް ބުރޫތަކެއް އެރި ކަމަށެވެ. އެއީ ހެނދުނު ގަޑީގައި އެންމެ ބޯކޮށް ވާރެވެހުނު ގަޑީގަ އެވެ. ނަމަވެސް މިހާރު ދަތުރުތައް ރަނގަޅަށް ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.

މޫސުން ގޯސްވެ ކަނޑުގަދަވެފައިވާތީ އެމްޓީސީސީން ވެސް ވަނީ މި ވަގުތަށް ފެރީގެ ހިދުމަތް މެދުކަނޑާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345