މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ރާއްޖޭގެ ވައިގެ ދަތުރުތަކަށް ތުރުކީން އެހީވަނީ

ރާއްޖޭގެ ވައިގެ ދަތުރުތަކަށް ތުރުކީން އެހީތެރިކަން ފޯރުކޮށްދޭ އެއްބަސް ވުމެއްގައި އިއްޔެ ސޮއި ކުރި -- ފޮޓޯ: ޓްރާންސްޕޯޓް
0%
0%
0%

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީކޮށް އެހީތެރިވެ ދިނުމުގެ އެއްބަސްވުމެއްގައި ތުރުކީއާއެކު ރާއްޖެއިން ސޮއި ކޮށްފި އެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ތުރުކީގަ އެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އަދި ތުރުކީން ސޮއިކުރީ އެ ގައުމުގެ ޓްރާންސްޕޯޓު މިނިސްޓަރު އާދިލް ކަރަސްމައިލޯގެވެ.

މި އެއްބަސްވުމުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީ ކުރުމުގައި ތުރުކީގެ އެހީތެރިކަން ލިބިގެންދާނެ އެވެ. އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި އާންމުކޮށް ދިމާވާ ގިނަ މައްސަލަތަކަށް ހައްލު ކުރުމުގައި އެހީވެ ދޭނެ އެވެ. އެގޮތުން ޓްރެފިކް ރައިޓްސް އާއި ފްލައިޓް ކެޕޭސިޓީ އާއި ފްލައިޓް ސޭފްޓީ އާއި ފެއާ ޝެޑިއުލްތަކަށް ތުރުކީން އެހީވެދޭނެ އެވެ،

މިނިސްޓަރު ނަހުލާ ވިދާޅުވީ މި އެއްބަސްވުމަކީ ވޭތުވެ ދިޔަ 11 ވަރަކަށް އަހަރު ތެރޭގައި ކޮށްފައިވާ މަޝްވަރާތަކަށް ފަހުވި އެއްބަސްވުމެއް ކަމަށެވެ. ތުރުކީގެ ޓްރާންސްޕޯޓު މިނިސްޓަރު އާދިލް ވިދާޅުވީ، ރާއްޖެއާއެކު ދަތުރުފަތުރުގެ ދާއިރާގެ ގިނަ މަޝްވަރާތަކެއް މިހާތަނަށް ކޮށްފައިވާ ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބަރުލަމާން

ހެޔޮ ނުވާނެ ރާއްޖޭއަށް ބަރުލަމާނީ ނިޒާމެއް ގެންނާއްޖޭ އޭރުން ވަޒީރަކަށް ހުންނާނީ ރައްޔިތުން ރުހޭ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910