ހަބަރު

އިމާރާތެއްގެ ފަސްވަނަ ފަންގިފިލާއިން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެ

އިމާރާތެއްގެ ފަސްވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓި، އަނިޔާވެއްޖެ އެވެ. އޭނާ ވެއްޓިފައިވަނީ އިމާރާތުގެ ފަސްވަނަ ފިލައިން ހަތަރުވަނަ ފަންގިފިލާ އަށެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވެއްޓުނު ބިދޭސީމީހާއަށް ސީރިއަސް އަނިޔާތަކެއްވެފައިނުވާ ކަމަށެވެ. ފުލުހުންނަށް މިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 2:40 ހާއިރު އެވެ.

އިމާރާތުން ވެއްޓުނު ބިދޭސީމީހާއަށް ކުދި އަނިޔާތަކެއް ލިބިފައިވީ ނަމަވެސް ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ފަރުވާދީފައެއް ނުވެ އެވެ.