ފޮރިން މިނިސްޓްރީ

ރާއްޖެއާއި އަޒަރުބައިޖާންއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި އަޒަރުބައިޖާންއާ ދެމެދު ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދެ ގައުމުގެ ދެމެދުގައި އެކުލަވާފައިވާ އެއްބަސްވުމުގައި ސޮއިކުރީ އަޒަރުބައިޖާންގެ ބާކޫގައި ހިނގަމުންދާ ނޮން-އެލައިންޑް މޫވްމަންޓް -- ނާމްގެ މިނިސްޓީރިއަލް ބައްދަލުވުމުގެ ހަވާސާގައި މިއަދު މިކަމަށްޓަކައި ބޭއްވި ވަކި ރަސްމިއްޔާތެއް ގައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް އެވެ. އަޒަރުބައިޖާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޑެޕިއުޓީ މިނިސްޓަރު އެލްނޫރު މަމަޑޯވް އެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކޮށް ހުރިހާ މަރުހަލާއެއްގައި އެއްބާރުލުން ދިނުމަށް މަސައްކަތް ކުރުމުންނެވެ.

މި އެއްބަސްވުމުގެ ދަށުން ޑިޕްލޮމެޓުން ތަމްރީންކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.