ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓުންގެ ހަރުގެ ހުޅުވުން މިރޭ

އެމްޑީޕީން ވަކިވެގެން ދިޔަ އިސް ބޭފުޅުންތަކެއް ގުޅިގެން އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް"ގެ ހަރުގެ ހުޅުވުން މިރޭ އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޑިމޮކްރެޓުންގެ މައި ހަރުގެ ހުންނަނީ އެމްޑީޕީގެ މައި ޖަގަހަ ކުރިން ހިންގި ތަނުގައި އާޓިފިޝަލް ބީޗު ކުރިމައްޗަށްވާ ގޮތަށެވެ.

"ހައުސް އޮފް ޑިމޮކްރެޓްސް"ގެ ނަމުގައި ޑިމޮކްރެޓްސްގެ ހަރުގެ ހުޅުވުން އޮންނާނީ މިރޭ 8:30ގަ އެވެ.

މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޑިމޮކްރެޓުންގެ ހަރުގެ މިރޭ ހުޅުވުމަށް ނިންމާފައި ވީނަމަވެސް އެ ޕާޓީގެ ހަރުގޭގައި ސިޔާސީ ހަރަކާތްތައް ވަނީ ފަށާފަ އެވެ. މީގެ އިތުރުން ޕާޓީގެ މެނިފެސްޓޯއަށް އާންމުންގެ ހިޔާލު ހޯދަން ވަނީ ފަށާފަ އެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ގޮތުން ބާއްވަންޖެހޭ ޖަލްސާ އެ ޕާޓީން ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ބާއްވާފަ އެވެ.