ދަ ޑިމޮކްރެޓްސް

ނަޝީދު ސޮއިކުރެއްވުމަށް ޑިމޮކްރެޓުން ހާއްސަ ޖަލްސާއެއް ބާއްވަނީ

ޑިމޮކްރެޓުންގެ ހަރުގެ ޖަލްސާއަށް ނަޝީދު ވަދެވަޑައިގަންނަވަނީ -- ފޮޓޯ: އަހްމަދު އަޒާން | އަވަސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވުމަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

ޑިމޮކްރެޓުން މިރޭ އިއުލާންކުރި ގޮތުން މިޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ގައެވެ.

އެރޭ 8:30 ގައި އޮންނަ ޖަލްސާގައި ދަ ޑިމޮކްރެޓްސްއަށް ސޮއިކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުންޏެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ގޮތުން ބާއްވަން ޖެހޭ ޖަލްސާ މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ ބޭއްވިއިރު އެ ޖަލްސާގެ ޝަރަފް މެހްމާނަކީ ވެސް ރައީސް ނަޝީދު އެވެ. އެ ޖަލްސާގައި އެމަނިކުފާނު ވަނީ ޑިމޮކްރެޓުންނާ ގުޅިވަޑައިގަންނަވާނެ ކަމަށް އިއުލާންކުރައްވާފަ އެވެ.

މިޖަލްސާގައި ރަސްމީ ނަމުގެ ގޮތުގައި ފާސްކުރީ "ދަ ޑިމޮކްރެޓްސް" އެވެ. އާންމު ނަމުގެ ގޮތުގައި ފާސްކުރީ "ޑިމޮކްރެޓްސް" އެވެ.

ޑިމޮކްރެޓުންގެ ލޯގޯގެ ގޮތުގައި އިއްތިފާގުން ފާސްކުރީ އެސްޓްރިކް އެކެވެ. މި ލޯގޯ އިން ރަމްޒުކޮށްދެނީ ދިވެހި ރުކާއި މުރަކަ ކަމަށް ޕާޓީގެ މުއައްސިސް ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ އިސް މެންބަރުންތަކެއް އިސްކޮށް ތިއްބަވައިގެން އުފައްދާ ދަ ޑިމޮކްރެޓްސްގެ ކުލަތަކުގެ ގޮތުގައި ފާސްކުރީ ހުދު ކުލަ އާއި މަޑު ނޫ (ބޭބީ ބްލޫ) އާއި އަދި ކަޅުކުލަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910