އާރްޑީސީ

ހޮޅުދޫގައި ފާރެއް ވެއްޓި އާރްޑީސީގެ ތިން މުވައްޒަފަކަށް އަނިޔާވެއްޖެ

ނ. ހޮޅުދޫގައި ފާރެއް ވެއްޓި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

މިހާދިސާގައި އަނިޔާވި ތިން މީހުންނަކީވެސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މުވައްޒަފުންނެވެ.

އުނގޫފާރުން މައުލޫމާތު ދިން ބައެއް މީހުން ބުނި ގޮތުގައި ހާދިސާ ހިނގީ މަގު ކޮނެގެން ހޮޅި ވަޅުލާން އުޅެނިކޮށް ކަމަށެވެ.

މިއަދު އިރުއޮއްސެން އުޅެނިކޮށް ހިނގި މި ހާދިސާގައި އަނިޔާވި މީހުންނަށް މިވަގުތު ފަރުވާދެމުންދަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ގައެވެ.

އަނިޔާވި މީހުންގެ ތެރެއިން ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ. އެގޮތުން އެކެއްގެ ޅިނދުކަށިގަނޑު ހަތަރު ތަނަކުން ބިނދި، ދެވަނަ މީހެއްގެ ކޮނޑު ކަށިގަނޑު ބިންދައިގެން ގޮސްފައިވެ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އާރްޑީސީގެ އޮފިޝަލަކު މިރޭ ވިދާޅުވީ މި މީހުންނަށް އިތުރު ފަރުވާ ދިނުމަށް މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.