ގދ. ތިނަދޫ

ތިނަދޫ މަގު ހެދުމުގެ މަޝްރޫއު ނިންމާލައިފި

ގދ. ތިނަދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރިއަށް ގެންދިޔަ މަޝްރޫއު ނިންމާލައިފި އެވެ.

މިމަޝްރޫއުގެ ދަށުން 19 މަގެއްގައި ޖުމްލަ 7.8 ކިލޯ މީޓަރުގެ ސަރަހައްދެއް ތާރުއަޅައިގެން ތަރައްގީކޮށްފައިވެ އެވެ.

ތިނަދޫ މަގު ހެދުމުގެ އަމަލީ މަސައްކަތްތައް ފެށީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި 2022 ވަނަ އަހަރު އެވެ.

މިމަޝްރޫއަށް ދައުލަތުގެ ބަޖެޓުން 78.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިމަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އާރްޑީސީ އިން ވަނީ ކޮންޓްރެކްޓް އުސޫލުން ތިނަދޫ އިން 64 މީހަކަށް ވަޒީފާވެސް ދީފަ އެވެ.

ތިނަދޫ މަގު ހެދުމުގެ މަޝްރޫއު ނިމުމާ ގުޅިގެން އާރްޑީސީ އިން ވަނީ އެ މަސައްކަތުގައި ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ޝުކުރުވެސް އަދާކޮށްފަ އެވެ.