އެމްއޭސީއެލް

އެމްއޭސީއެލް އިން ކެންސާ ސޮސައިޓީއަށް 100،000 ރުފިޔާ

ކެންސަރު ބަލީގެ ސްކްރީނިން އަދި ރެކޯޑުތައް ބަލަހައްޓާ ސިސްޓަމުތައް ތަރައްގީކޮށް ކުރިއެރުވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއަށް 100،000 ރުފިޔާ ހަދިޔާކޮށްފި އެވެ

އެމްއޭސީއެލް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި މިފައިސާ ހަވާލުކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު އެވެ. ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ފައިސާއާ ހަވާލުވެވަޑައިގަތީ އެ ޖަމިއްޔާގެ ޓްރެޝަރާ ނީނާ މަންސޫރު އެވެ.

އެމްއޭސީއެލްގެ ސޯޝަލް ރެސްޕޮންސިބިލިޓީ އިނީޝިއޭޓިވް (ސީއެސްއާރް)ގެ ދަށުން ހަދިޔާކުރާ މިފައިސާގެ އެހީއަކީ ކެންސާ ސްކްރީނިން އެޕްލިކޭޝަނެއްގެ އިތުރުން ޑާޓާބޭސްއެއް ތަރައްގީކުރުމަށް ދިން ފައިސާ އެވެ.

މި އެޕްލިކޭޝަންގެ އެހީގައި ކެންސަރަށް ސްކްރީން ކުރެވިގެންދާ ގޮތާއި އޭގެން ލިބޭ މައުލޫމާތުތައް ރައްކާކުރުން އިތުރަށް އަވަސްވެ ފަސޭހަވެގެންދެ އެވެ. ވަގުތުން ޑިޖިޓަލްކޮށް ސްކްރީންކުރެވި، ލިބޭ މައުލޫމާތުތައް ދިރާސާކުރުމަށްވެސްް ފަސޭހަވެގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

މި ފައިސާގެ އެހީ ވެގެންދާނީ ރައްޔިތުންނަށް ކެންސަރު ބައްޔާބެހޭ މައުލޫމާތު ލިބި ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ކުރިއަރައިގެން ދިއުމަށް ވެވޭ އެހީއަކަށް ކަމަށްވެސް އެމްއޭސީއެލް އިން ދެކެ އެވެ.