އެޗްޕީއޭ

ބަނދަރުތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރަން ފަށަނީ

މާލޭގެ މާރުކޭޓާ ދިމާއިން ބަނދަރު: ބަނދަރުތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރަމުގެ މަސައްކަތް ކުރާނެ -- މުހައްމަދު އަފްރާހު | އަވަސް
0%
0%
0%

ބަނދަރުތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ އާއްމު ގަވައިދަށް ބަދަލު ގެނެސް ދަށުން ބަނދަރުތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުގެ މަސައްކަތް ހެލްތް ޕްރެޓެކްޝަން އެޖެންސީ (އެޗްޕީއޭ) ކުރަން ނިންމައިފި އެވެ.

އެޗްޕީއޭ އިން ކުރި އިއުލާނެއްގައި ބުނީ ބަދަލުތަކާއެކު އަންނަ ޖޫން މަހު 19 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަން ފަށާނެ ކަމަށެވެ.

އެ ގަވާއިދުގެ ދަށުން ވައިގެ މަގުންނާއި ކަނޑު މަގުން ރާއްޖެ އެތެރެ ކުރާ މުދާތަކާއި، ދަތުރުވެރިންނާއި ފަޅުވެރިންގެ ކިބައިގައި އާއްމު ސިއްހަތަށް ނުރައްކާ ވެދާނެ ބައްޔެއް ހުރިތޯ ބަލައި ޗެކް ކުރާނެ އެވެ. އަދި ރާއްޖެއިން ވައިގެ މަގުންނާއި ކަނޑުގެ މަގުން ފުރާ އުޅަނދުތަކަށް ހެލްތް ކްލެރެއަންސް ދިނުމުގެ މަސައްކަތްވެސް ކުރާނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޔެލޯފީވާ އުޅޭ ގައުމެއް ކަމަށް ކަނޑައަޅައިފައިވާ ގައުމަކުން ރާއްޖެއަށް ދަތުރުކުރާ ފަޅުވެރިންނާއި ޕަސިންޖަރުންގެ އަތުގައި ސައްހަ އިންޓަނޭޝަނަލް ސެޓްފިކެޓް އޮފް ވެކްސިނޭޝަން އޮތްކަން ކަށަވަރުކޮށްދޭ ލިޔުމެއް އޮންނަން ޖެހޭނެ ކަމަށްވެސް އެ ގަވާއިދުގައި ބުނެފައި ވެއެވެ. އަދި މަރުވެފައިވާ މީހުންނާއި، ހަށިގަނޑުގެ ބައިތަށް ރާއްޖެ އެތެރެ ކުރުމާއި ބޭރުކުރުމަށް ދޭ ކްލިއަރެންސް ސެޓްފިކެޓް ދިނުމުގައި ވެސް އިތުރު ގޮތްތަކެއް އުސޫލުގައި ކަނޑައަޅާފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345