ރައީސް މުހައްމަދު ނަޝީދު

ދަ ޑިމޮކްރެޓްސްއަށް ނަޝީދު ސޮއިކުރައްވައިފި

ރައީސް މުހައްމަދު ނަޝީދު މިރޭ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވަނީ -- ފޮޓޯ: އަހްމަދު އަޒާން | އަވަސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރައްވައިފި އެވެ.

އެމަނިކުފާނު މިރޭ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވީ އެކަމަށް ހާއްސަކޮށްގެން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ހާއްސަ ޖަލްސާއެއް ގައެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ގޮތުން ބާއްވަން ޖެހޭ ޖަލްސާ މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ ބޭއްވިއިރު އެ ޖަލްސާގެ ޝަރަފް މެހްމާނަކީ ވެސް ރައީސް ނަޝީދު އެވެ. ޑިމޮކްރެޓުންނާ ގުޅިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު އިއުލާންކުރެއްވީ އެ ޖަލްސާ ގައެވެ.

ރައީސް މުހައްމަދު ނަޝީދު މިރޭ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވަނީ -- ފޮޓޯ: އަހްމަދު އަޒާން | އަވަސް

ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި އެމްޑީޕީގެ ރައީސް ކަމުންނާއި އެ ޕާޓީގެ އާންމު މެންބަރު ކަމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވީ މިދިޔަ ޖޫން 21 ވަނަ ދުވަހު އެވެ.

ދަ ޑިމޮކްރެޓްސް އިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށް ބުނެފަ އެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ބޭފުޅަކީ ރައީސް ނަޝީދު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910