ފިނޭންސް މިނިސްޓްރީ

މަހިބަދޫ އާއި މުލި ހޮސްޕިޓަލް އިމާރާތްކުރާނެ ބަޔަކު ހޯދަނީ

އދ، މަހިބަދޫ
0%
0%
0%

އދ. މަހިބަދޫ އަތޮޅު ހޮސްޕިޓަލާއި މ. މުލި ރީޖަނަލް ހޮސްޕިޓަލް އިމާރާތްކުރާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

މި މަޝްރޫއުތަކަށް ޝަރުތު ހަމަވާ ބަޔަކު ހޯދުން ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓެޓިވް ބިޑިންގް -- އެންސީބީގެ އުސޫލުން ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މ. މުލި ރީޖަނަލް ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ އަގަކީ 834,000 ރުފިޔާ އެވެ. އދ. މަހިބަދޫ އަތޮޅު ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ އަގަކީ 831,000 ރުފިޔާ އެވެ.

ކޮންމެ ބީލަމެއްގައި 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު ބީލަން ފައިސާ ބަލައިގަންނާނީ މާދަމާ އިން ފެށިގެން އަންނަ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މަޝްރޫއުތަކުގެ ބިޑު ހުޅުވުން އޮންނާނީ އަންނަ މަހުގެ އަށްވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910