ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓް ހޮވަން ޕްރައިމަރީއެއް ބާއްވަނީ

ޑިމޮކްރެޓުންގެ ފުރަތަމަ ކައުންސިލް ބައްދަލުވުން
100%
0%
0%

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ޕްރައިމަރީއެއް ބާއްވަން އެ ޕާޓީން މިރޭ ނިންމައިފި އެވެ.

މިގޮތަށް ނިންމީ ދަ ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލް މެންބަރުން ބޭއްވި ފުރަތަމަ ބައްދަލުވުމުގައެވެ.

ދަ ޑިމޮކްރެޓްސްގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ޕްރައިމަރީއެއް ބާއްވައިގެން އެ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރުމަށްޓަކައި ކުރިއަށް އޮތް ހޯމަ ދުވަހު ހިސާބުގައި ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ޑިމޮކްރެޓުންގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ޕްރައިމަރީ ބާއްވަން ހާއްސަ ކޮމިޓީއެއް އެކުލަވާލުމުގެ އިތުރަށް އެހެން ބައެއް ކޮމިޓީތައް ވެސް އެކުލަވާލާފަ އެވެ.

ދަ ޑިމޮކްރެޓްސް އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑޭޓެއް ނެރުމަށް ތައްޔާރުވަމުންދާއިރު އެ ޕާޓީގެ ޓިކެޓަށް އަދި އެއްވެސް ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައެއް ނުވެ އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ރައީސް ނަޝީދު އެވެ.

ރައީސް ނަޝީދުގެ އަރިހުގައި އެމްޑީޕީގައި މަސައްކަތް ކުރެއްވި ބޭފުޅުންތަކެއް އިސްވެ ތިއްބަވައިގެން ދަ ޑިމޮކްރެޓްސް އުފެއްދީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއަށް ފަހު އެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ވެސް ދެއްވާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޖަވާ

ތިކަމަށް އެހެން މީހަކަށް ކުރިމަތި ލާކަށް ނުކެރޭނެ ލިޔަސް އޭނަޔަށްވުރެ މޮޅުވެގެން ނުވާނެ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910