ޓޫރިޒަމް

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަކީ ރަޝިއާ މީހެއް

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާ ކިޔަނީ -- ފޮޓޯ: ވިޒިޓް މޯލްޑިވްސް
100%
0%
0%

ރާއްޖެއަށް މިއަހަރު އައި އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާ ކިޔައިފި އެވެ.

ރާއްޖެއަށް މިއަހަރު އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަކީ ރަޝިއާގެ ރައްޔިތެއް ކަމަށްވާ އެންޓޮން ޕަވްލޯ އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ އާއިލާއާއެކު އެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާ ކިޔަނީ -- ފޮޓޯ: ވިޒިޓް މޯލްޑިވްސް

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާ ކިޔާފައިވާއިރު ސަރުކާރުން މިއަހަރަށް ކަނޑައެޅި އަަމާޒަކީ 1.8 މިލިއަން ފަތުރުވެރިންނެވެ.

ރިޔާސީ ކެމްޕޭންގައި ރޭ މ. މުލަކަށް ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ މިހާރުގެ ނަންބަރުތަކަށް ބަލާއިރު މިހާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައީ އޮގަސްޓް 12 ވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910