ރިޔާސީ އިންތިހާބު 2023

ނަޝީދާއި ގާސިމު އަދި ނާޒިމު މިއަދު ބައްދަލުވަނީ

ގާސިމް އިބްރާހީމް، މުހައްމަދު ނާޒިމު އަދި މުހައްމަދު ނާޝިދު -- ފޮޓޯ: އަވަސް
100%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމު އިބްރާހީމު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމު މިއަދު ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮންނާނީ މިއަދު މެންދުރު 1:00 ގައި ޖޭޕީގެ އޮފީސް އަދި ޖަގަހަ މ. ކުނޫޒުގަ އެވެ.

އަންނަ ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ތިން ބޭފުޅުން ބައްދަލުކުރައްވާއިރު ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ގާސިމު އިބްރާހިމު އަދި އެމްއެންޕީން ނާޒިމު ވާދަކުރައްވާނެކަން ވަނީ އިއުލާނު ކުރައްވާފަ އެވެ.

އެމްޑީޕީން ވަކިވެވަޑައިގެން ރައީސް ނަޝީދު ދަ ޑިމޮކްރެޓްސްއަށް ގުޅިވަޑައިގެންފައިވާއިރު އެ ޕާޓީންވެސް އަންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ދަ ޑިމޮކްރެޓްސް އިން ދަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީއާއެކު ސިޔާސީ މަޝްވަރާތައްވެސް ކުރަމުންނެވެ.

މި ތިން ބޭފުޅުން މިއަދު ބައްދަލުކުރައްވާއިރު ގާސިމު އާއި ނާޒިމު އިއްޔެ ވަނީ ސަން އައިލެންޑްގައި ބައްދަލުކުރައްވާފަ އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345