އިސްލާމިކް މިނިސްޓްރީ

މުދަލު ޒަކާތު ފައިސާއިން ފަގީރުންނަށް 26 މިލިއަން ރުފިޔާ ޖަމާކޮށްފި

ފަގީރުންނާއި މިސްކީނުންނަށް މުދަލު ޒަކާތުގެ ގޮތުގައި 26.7 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އެކައުންޓްތަކަށް މުދަލު ޒަކާތް އިއްޔެ ޖަމާކޮށްފައިވާ ކަމަށެވެ.

އެގޮތުން ލިސްޓުގައި ހިމެނޭ 7،657 މީހުންނަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މުދަލު ޒަކާތުގެ ގޮތުގައި މީހަކަށް 3،500 ރުފިޔާގެ ރޭޓުން ވަނީ ޖަމާކޮށްފަ އެވެ.

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބަށް އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން ބަދަލު ގެނައީ މިއަހަރުގެ މޭ މަހު އެވެ. މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބުގެ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 7،312.55 ރުފިޔާ އެވެ.