މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރުގައި 89.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ -- މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އަދަދު ވަނީ 2022 ވަނަ އަހަރާއި އަޅާބަލާއިރު ދަށްވެފަ އެވެ.
މުދަލު ޒަކާތުގެ ގޮތުގައި 2022 ވަނަ އަހަރުގައި ލިބުނީ 92.6 މިލިއަން ރުފިޔާ އެވެ.
މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު މަހުން މަހަށް ލިބުނު މިންވަރު
- ޖެނުއަރީ - 5.1 މިލިއަން ރުފިޔާ
- ފެބްރުއަރީ - 5 މިލިއަން ރުފިޔާ
- މާޗް - 11.1 މިލިއަން ރުފިޔާ
- އެޕްރީލް - 22.3 މިލިއަން ރުފިޔާ
- މޭ - 4.5 މިލިއަން ރުފިޔާ
- ޖޫން - 3.1 މިލިއަން ރުފިޔާ
- ޖުލައި - 7.3 މިލިއަން ރުފިޔާ
- އޮގަސްޓް - 8.5 މިލިއަން ރުފިޔާ
- ސެޕްޓެމްބަރު - 2.8 މިލިއަން ރުފިޔާ
- އޮކްޓޫބަރު - 6.5 މިލިއަން ރުފިޔާ
- ނޮވެމްބަރު - 7 މިލިއަން ރުފިޔާ
- ޑިސެމްބަރު މަހު - 5.7 މިލިއަން ރުފިޔާ
މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.
މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާއަށް ގޮސްގެން ވެސް މުދަލުގެ ޒަކާތް ދެއްކެ އެވެ.
މުދަލު ޒަކާތް ވާޖިބުވާ ނިސޯބު ކަނޑައަޅަނީ މިނިސްޓްރީންނެވެ.
މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަކީ 7،140 ރުފިޔާ އެވެ.
ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިން ކަނޑައެޅުމުން އެ އަގުތަކަށް ބަލައިގެންނެވެ.