މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 70 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ -- މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއަހަރު މަދުވެފަ އެވެ.
މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި 73 މިލިއަން ރުފިޔާ ލިބުނެވެ.
މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު މަހުން މަހަށް
- ޖެނުއަރީ - 5.1 މިލިއަން ރުފިޔާ
- ފެބްރުއަރީ - 5 މިލިއަން ރުފިޔާ
- މާޗް - 11.1 މިލިއަން ރުފިޔާ
- އެޕްރީލް - 22.3 މިލިއަން ރުފިޔާ
- މޭ - 4.5 މިލިއަން ރުފިޔާ
- ޖޫން - 3.1 މިލިއަން ރުފިޔާ
- ޖުލައި - 7.3 މިލިއަން ރުފިޔާ
- އޮގަސްޓް - 8.5 މިލިއަން ރުފިޔާ
- ސެޕްޓެމްބަރު - 2.8 މިލިއަން ރުފިޔާ
މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.
މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާއަށް ގޮސްގެން ވެސް މުދަލުގެ ޒަކާތް ދެއްކެ އެވެ.
މުދަލު ޒަކާތް ވާޖިބުވާ ނިސޯބު ކަނޑައަޅަނީ މިނިސްޓްރީންނެވެ.
މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަކީ 7،151.90 ރުފިޔާ އެވެ.
ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިން ކަނޑައެޅުމުން އެ އަގުތަކަށް ބަލައިގެންނެވެ.