ތުރާކުނު

ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުވައިފި

Jul 19, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފި އެވެ.

ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވީ ހއ. އަތޮޅަށް ރައީސް ސޯލިހް މިއަދު ފެއްޓެވި ދަތުރުފުޅު ތެރެއިން މިއަދު މެންދުރުކުރީގެ ވަގުތެއްގައި ތުރާކުނަށް ކުރެއްވި ޒިޔާރަތުގައެވެ.

ތުރާކުނު ފުޓުބޯޅަ ދަނޑަކީ ޓާފް އަޅައިގެން ޒަމާނީ ފެންވަރަށް ހަދާފައިވާ ފުޓުބޯޅަ ދަނޑެކެވެ. މިމަސައްކަތް ކޮށްފައިވަނީ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވުމުގެ ކުރިން ރައީސް ސޯލިހް ވަނީ ތުރާކުނުގައި މި ސަރުކާރުން ގާއިމުކުރި ކުޑަކުދިންގެ ޕާކު "އުތުރުވެހި" ވެސް ހުޅުއްވައި ދެއްވާފަ އެވެ.