އޮބިޗުއަރީ

ތަޖުރިބާކާރު ފިލްމީ ތަރި ޝާހިދު ނިޔާވެއްޖެ

ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި "ބަހަބަރު"ގެ ތަރި މ. ހާވިލާ، އަހުމަދު ޝާހިދު ހަލީމް (72އ) ނިޔާވެއްޖެ އެވެ.

ޝާހިދު ނިޔާވީ ހާލުބޮޑުވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު އެެވެ.

ޝާހިދު ނިޔާވީ ހާލު ބޮޑުވެ އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދާތާ ހަފުތާއެއްވެފައި ވަނިކޮށެވެ.

ދިވެހި އަދަބިއްޔާތަށްވެސް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ޝާހިދު ވަނީ މުނިފޫހިފިލުވުމުގެ ރޮނގުން ސަރުކާރުން ދޭ އާންމު ހިދުމަތުގެ އިނާމު ހާސިލުކުރައްވާފަ އެވެ.