ދުނިޔެ

ޓްވިޓަރުގެ ގަވާއިދުތަކަށް އަނެއްކާވެސް ބަދަލުތަކެއް

އީލޮން މަސްކް ޓްވިޓާގެ ސީއީއޯގެ މަގާމަށް ވަޑައިގަތް ފަހުން އެ ކުންފުނީގެ މެނޭޖްމަންޓަށް ހަމަނިދި ލިބޭ ގޮތެއް ނުވެ އެވެ. ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ކަހަލަ ބަދަލުތަކެއް ޓްވިޓާއަށް އޮންނަނީ ގެންނަން ޖެހިފަ އެވެ.

މަސްކް ވިދާޅުވި ގޮތުގައި ޓްވިޓާގެ ދޫނި ލޯގޯ ވެސް މިހާރު ވަނީ ބަދަލުކުރަން ޖެހިފަ އެވެ. ރަނގަޅު ލޯގޯއެއް މިއަދު ލިބުނަސް -- މާދަމާ ވާއިރު އާ ލޯގޯއަށް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަނެއްކޮޅުން ޓްވިޓާއިން މެސެޖް ކުރެވޭ އަދަދު ބަދަލުކުރުމަކީވެސް މަސްކު ގެންގުޅުއްވާ ޚިޔާލެެކެވެ. އޭނާ ވިދާޅުވި ގޮތުގައި ޓްވިޓާ ހިލޭ ބޭނުންކުރާނަމަ -- އެ މީހަކަށް ދުވާލަކު މެސެޖް ފޮނުވޭނީ ވަކި އަދަދަކަށެވެ.

އެ ނޫން ގޮތެއްގައި ކޮންމެ މެމްބަަކަށް ވެސް އޮތީ "ޓްވިޓާބްލޫ" އަށް އެޕްލައި ކުރުމެވެ. ޓްވިޓާބްލޫ އަކީ އަގުދައްކައިގެން ޓްވީޓާ ބޭނުންކުރެވޭ ޚިދުމަތެކެވެ.

މި ގަވައިދަށް އަމަލުކުރާނެކަން ޓްވީޓާއިން މިހާރު ވަނީ އިއުލާންވެސް ކޮށްފަ އެވެ.

ޓްވިޓާގެ މި ނިންމުމާ ދެކޮޅަށް ވަރަށް ގިނަ ބަޔަކު ވަނީ ޓްވިޓާއަށް އެއްވެފަ އެވެ. ގިނަ މީހުން ބުނާ ގޮތުން މިއީ މާލީ ތަނަސްވަކަން ހޯދުމަށް ޓްވިޓާއިން ގެންގުޅޭ ރޭވުމެކެވެ.

މި މަހުގެ ކުރީކޮޅު ވެސް ޓްވިޓާއިން އާ ގަވާއިދުތަކެއް އިއުލާންކުރި އެވެ. މި ގޮތުން ވެރިފައި ނުކުރާ މެމްބަރުންނަށް ދުވާލަކު ކިޔޭނީ 800 ޓްވީޓް ކަމަށް ކަނޑައެޅި އެވެ. އެކަމަކު ވެރިފައި ކުރުމަށް ފަހު 8،000 ޕޯސްޓް ބޭލޭނެ ކަމަށް ބަޔާނުގައިވެ އެވެ.

ޓްވީޓާ ބައްލަވައި ގަތުމުގެ ކުރިން ވެސް އީލޮން މަސްކް ވަނީ ޓްވީޓާއަށް ބަދަލުތަކެއް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ. ޓްވިޓާ ބައްލަވައި ގަތުމަށް މަސައްކަތް ކުރެއްވި ދުވަސްވަރު މަސްކް ވަނީ އެއިރުގެ މެނޭޖްމަންޓަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ޓްވިޓާ ބައިލަވައި ގަތުމަށްފަހު މަސްކް އެންމެ ފުރަތަ ކުރެއްވި ކަމަކީ ވެސް ކުންފުނީގެ މަތިފަޑީގައި ތިއްބެވި ވެރިން ކުންފުނިން ބޭރުކުރުމެވެ.