ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން އަނެއްކާވެސް ބޭރުކޮށްލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމުގެ ކުރިން އިދިކޮޅު ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ހައްގު ހޯދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ދެވަނަ ފަހަރު ހުށަހެޅި މައްސަލަ ވެސް އެ ކޯޓުން ބޭރުކޮށްލައިފި އެވެ. ޔާމީން ހުށަހެޅުއްވި މީގެ ފުރަތަމަ މައްސަލަ ބޭރުކޮށްލީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެމަނިކުފާނު ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ މިމައްސަލަ ފުރަތަމަ ފަހަރު ހުށަހެޅުމުން ބޭރުކޮށްލި ގޮތަށް ދެވަނަ ފަހަރަށް ހުށަހެޅުމުންވެސް މިއަދުބޭރުކޮށްލާފަ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ފުރަތަމަ ފަހަރަށް ވެސް އަދި ދެވަނަ ފަހަރަށްވެސް ބަލައިގަނެވެން ނެތް ކަމަށް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެއީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށް ނިންމެވުމަށްފަހު އެވެ. އެކަމަކު މި ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ އެވެ.

ކުރިއަށް އޮތް ރިޔުާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް އެ ޕާޓީން ވަނީ ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތުގެ އަމަލުތަކެއް ހިންގެވިކަން ސާބިތުވެ ރައީސް ޔާމީން މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ދަށު ކޯޓުގެ މި ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ އެވެ.

ދަށު ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް ޝަރީއަތްތައް ހުއްޓިފައިވަނީ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާ ގުޅިގެންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910