ފައިސަލް ނަސީމް

މިސަރުކާރުން އައްޑޫއަށް ގެންނާނިީ އިންގިލާބީ ބަދަލެއް: ނައިބް ރައީސް

Jul 26, 2023
ނައިބް ރައީސް ފައިސަލް ނަސީމް މިނިވަން ދުވަހުގެ ޖަލްސާއަށް އައްޑުއަށް މިއަދު ވަޑައިގެން ސަލާމްކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މި ސަރުކާރުން އައްޑޫގެ ތަރައްގީއަށް ފަށާފައިވާ މަޝްރޫއުތަކުގައި މުޅި އައްޑޫ ބަދަލުކޮށްލައި އިންގިލާބީ ބަދަލަތަކެއް އައްޑޫއަށް ގެންނާނެ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހާ ގުޅިގެން އައްޑޫގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ނައިބް ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިއްމީ އައްޑޫ ތަރައްގީވުން ކަމަށެވެ.

މިސަރުކާރުގެ އުއްމީދަކީ މިހާރު އައްޑޫގައި ގާއިމުކުރެވިގެންދާ އައްޑޫ އިކްޓޯރިއަލް ހޮސްޕިޓަލްގެ ފެންވަރު މިހާރަށްވުރެ ރަގަޅުކޮށް ފުޅާދާއިރާއެއްގައި ހިދުމަށް ދިނުން ކަމަށެވެ.

"ބިން ހިއްކުމާއި، އެއާޕޯޓް ތަރައްގީކުރުންް، ޓޫރިޒަމް ފުޅާކުރުމާއި، ތައުލީމާއި ސިއްހީ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެވޭ،" ނައިބް ރައީސް ވިދާޅުވި އެވެ

ފައިސަލް ވިދާޅުވީ އައްޑޫގެ ތަރައްގީއަށް މިސަރުކާރުން ކުރަމުންދާ މަސައްކަތުން އައްޑޫއިން ބަދަލުތަކެއް ފެނިގެންދާނެ ކަމަށެވެ. މިސަރުކާރުން އައްޑޫގައި ފަށާފައިވާ މަޝްރޫއުތައް ހަގީގަތަށް ހަދައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ނައިބް ރައީސް ވަނީ އެންމެން ގުޅިގެން ގައުމުގެ ތަރައްގީއަށް މަސައްކަތް ކޮށްދިނުމަށްވެސް އެދިވަޑައިގެންފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910