އުމަރު ނަސީރު

އިންތިހާބުގައި ވާދަކުރަން އުމަރު ސޮއި ހަމަކުރައްވައިފި

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ބޭނުންވާ ސޮއި ހަމަކުރައްވާފައިވާ ކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުން އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން އޭނާއަށް ތާއީދުކުރާ 1،500 މީހުންގެ ސޮއި ހުށަހަރާއްޖެއަށް މިވަގުތު ބޭނުންވަނީ މަރުތޭލެއް ހިފައިގެން އައިސް ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެވޭ ވަރުގެ ވަރުގަދަ ވެރިޔެއް ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.ޅަންޖެހެ އެވެ. އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އެއްލައްކަ ރުފިޔާގެ ފީއެއް ވެސް ހުށަހަޅަންޖެހެ އެވެ.

އުމަރު ވިދާޅުވީ ގާނޫނުގައި ބުނާ އަދަދަށް ވުރެ އިތުރަށް ވެސް އޭނާ ސޮއި ހޯދާފައިވާ ކަމަށެވެ. އަދިވެސް ބައެއް މީހުން ސޮއި ކުރަން ގުޅާ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން 2،000 ސޮއި ހޯދައިފިން،" އުމަރު ވިދާޅުވި އެވެ.

ރިޔާސީ ކެމްޕޭން އުމަރު ފެއްޓެވީ މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.

ރާއްޖެއަށް މިވަގުތު ބޭނުންވަނީ މަރުތޭލެއް ހިފައިގެން އައިސް ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެވޭ ވަރުގެ ވަރުގަދަ ވެރިޔެއް ކަމަށާއި އެމީހަކީ އޭނާ ކަމަށް އުމަރު ގެންދަވަނީ ވިދާޅުވަމުންނެވެ.