އުމަރު ނަސީރު

ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އުމަރުގެ ތާއީދެއް ނެތް

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު -- ފޮޓޯ: އަވަސް
0%
0%
0%

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އުމަރު ނަސީރު ނިންމައިފި އެވެ.

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އުމަރު ވަނީ އިންތިހާބުގައި ގިނަ ބަޔަކު ހައިރާންކޮށްލުމަށްފަހު ހަތަރުވަނަ ހޯދާފަ އެވެ.

އަށް ކެންޑިޑޭޓުން ވާދަކުރެއްވި މި އިންތިހާބުގައި އުމަރު ވަނީ 6،343 ވޯޓް ހޯދާފަ އެވެ. އެއީ 2.8 ޕަސެންޓް ވޯޓެވެެ.

އުމަރު ރޭ ވިދާޅުވީ ޕީޕީއެން ޕީއެންސީގެ ސަރުކާރުވެސް އަދި އެމްޑީޕީގެ ސަރުކާރުވެސް ދިވެހިން ތަޖުރިބާކޮށްފައިވާތީ އެ ދެ ޕާޓީގެ ސަރުކާރުތަކުގައިވެސް ކަން ހިނގާފައިވާ ގޮތް ފެންނަން އޮތުމުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރެއްވުމަށް ނިންމެވީ ކަމަށެވެ.

"ދެ ޕާޓީގެ ވެރިކަމުގައިވެސް ދަރަނި ވެގެން ދިޔައީ އިތުރު. އިންތިހާއަށް ބޮޑެތި ލޯނުތައް ނަގައި ބޭކާރު ޕްރޮޖެކްޓުތައް ހިންގީ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވި އެފަދަ ސަބަބުތަކެއް ހުރުމުން އެ ޕާޓީތަކަށް ތާއީދުކޮށް، އެ ޕާޓީތައް އިތުރަށް ވަރުގަދަކޮށްދޭ މީހަކަށް އޭނާ ވާން ބޭނުން ނުވާ ކަމަށެވެ.

ރިޔާސީ ކެމްޕޭނާ ގުޅޭގޮތުން އުމަރު ވިދާޅުވީ އޭނާގެ ކެމްޕޭނަށް ތައްޔާރުކުރީ 200 އެއްހާ ޓީޝާއި 120 ބެނާ ކަމަށެވެ. އެހެންކަމުން ރަށްރަށުގައި ޖަގަހަތައް ހަދައި މިއުޒިކް ޖަހައިގެން ތިބުމަކީ ބޭކާރު ހަރަދެއްގެ ގޮތުގައި މި އިންތިހާބުން އެނގިގެން ގޮސްފައިވާ ކަމަށް ދޭހަވާ ގޮތަށްވެސް އުމަރު ވާހަކަ ދެއްކެވި އެވެ.

އުމަރު ވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކޮށްފަ އެވެ. އެފަހަރު އޭނާ އަށް ލިބިވަޑައިގަތީ 2،472 ވޯޓެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345