ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕީޖީގެ އަރުޝީފު ފުވައްމުލަކު ގޮތްޕަށް ބަދަލުކުރަން ފަށައިފި

Jul 29, 2023

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އަރުޝީފު ފުވައްމުލައް ސިޓީގައި ހުންނަ އެ އޮފީހުގެ ގޮތްޕަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ ލިޔެކިޔުންތައް ފުވައްމުލަކުގައި ހުންނަ އެ އޮފީހުގެ ގޮތްޕަށް ބަދަލުކުރުމަށް ނިންމާ އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ލިޔެކިޔުންތައް ފުވައްމުލަކުގައި ހުންނަ ޕީޖީގެ ގޮތްޕަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެ ސިޓީގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަލަތައް އެ ގޮފިން ބަލައިގަންނަން ފެށީ މިއަހަރުގެ މެއި މަހު އެވެ.

ފުވައްމުލަކުގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަަލަތައް އެ ސީޓިގައި ގާއިމުކޮށްފައިވާ ޕީޖީ އޮފީހުގެ ގޮފިން ބަލައިގަންނަން ފެށުމުން މައްސަލަތައް އިތުރަށް އަވަސްވެގެންދާނެ ކަމަށް އެ އޮފީހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި އަމާޒަކީ ފުވައްމުލަކު ގޮފިން ފެންވަރު ރަނގަޅު ހިދުމަތްތަކެއް ތަހުގީގީ އިދާރާތަކަށް ފޯރުކޮށްދިނުމެވެ.