ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕީޖީ އޮފީހުގެ އާކައިވް ފުވައްމުލަކަށް ބަދަލުކޮށްފި

ޕީޖީ އޮފީހުން ބަލަހައްޓަމުން އައި ލިޔެކިޔުންތަކުގެ އާކައިވް ފުވައްމުލަކަށް ބަދަލުކޮށް އެތަން މިއަދު ހުޅުވަނީ -- ފޮޓޯ: ޕީޖީ އޮފިސް
0%
0%
0%

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ބަލަހައްޓަމުން އައި ލިޔެކިޔުންތަކުގެ އާކައިވް ފުވައްމުލަކަށް ބަދަލުކޮށްފި އެވެ.

މި އާކައިވް އަކީ ޕީޖީ އޮފީހުގައި ހުރި ހުރިހާ ކުށުގެ ރެކޯޑްތަކަކާއި ޝަރުއީ އަދި ގާނޫނީ ދާއިރާގެ މުހިއްމު މައުލޫމާތު ހިމެނޭ ތަނެކެވެ.

ފުވައްމުލަކުގައި ހުންނަ ޕީޖީ އޮފީހުގެ ގޮފީގައި ގާއިމުކުރި އާކައިވް މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވީ ފުވައްމުލަކު މޭޔަރު އިސްމާއީލް ރަފީގު އެވެ.

މިރަސްމިއްޔާތުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ މިބަދަލަކީ ލާމަރުކަޒީ އުސޫލުން ޕީޖީ އޮފީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

"މިބަދަލާ އެކު އިތުރު ވަޒީފާވެސް އުފެދި ފުވައްމުލަކުގެ ހަތަރު ފަސް ބޭފުޅަކަށް ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ،" ޝަމީމް ވިދާޅުވި އެވެ.

ޕީޖީ އޮފީހުން ބަލަހައްޓަމުން އައި ލިޔެކިޔުންތަކުގެ އާކައިވް ފުވައްމުލަކަށް ބަދަލުކޮށް އެތަނުގައި ހުރި ލިޔުންތައް ޕީޖީ ޝަމީމް ބައްލަވާލައްވަނީ -- ފޮޓޯ: ޕީޖީ އޮފިސް

ޕީޖީ ޝަމީމް ވިދާޅުވީ ފުވައްމުލަކުގައި ޕީޖީ އޮފީހުގެ އާކައިވް ގާއިމުކުރެވުނު ނަމަވެސް މާލޭގައި ތިބެގެން އޮންލައިންކޮށްވެސް އާކައިވްގައިވާ މައުލޫމާތުތައް ބަލާލެވޭނެ ކަމަށެވެ.

ޝަމީމް ވަނީ ޕީޖީ އޮފީހުގެ އާކައިވް ފުވައްމުލަކަށް ބަދަލުކުރުމަށް އެ ސިޓީގެ ކައުންސިލުން އެހީތެރިވެ އެއްބާރުލުން ދީފައިވާތީ ޝުކުރުވެސް އަދާކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345