ކާނާ

މުރަނގަ ފަތް: ފަސޭހައިން ލިބޭ ފައިދާ ބޮޑު ފަތެއް

Mar 13, 2024
1

މުރަނގަ ގަހަކީ މިރަކަލް ޓްރީ ނުވަތަ އަޖައިބުވަނިވި ގަހެއްގެ ގޮތުގައިވެސް މަޝްހޫރު ގަހެކެވެ.

ގަހުގެ ފަތް، ތޮޅި އަދި މާ ހަކީމީ ބޭސްވެރިކަމުގައި ބޭނުންކުރެ އެވެ. މިގަހުގެ ބާވަތްތައް ބޭނުންކޮށްގެން ގިނަ އުފެއްދުންތައް އުފައްދައެެވެ. މިއީ އޭޝިއާ، އެފްރިކާ، އަދި ދެކުނު އެމެރިކާގައި ގިނައިން ފެންނަ ގަހެކެވެ. ރާއްޖޭގައި ވެސް އާންމުކޮށްހެދޭ ވަރަށް އާންމު ގަހެކެވެ.

މުރަނގަ ފަތަކީ ނިއުޓްރިޝަނަލް ގޮތުން ވަރަށް މުއްސަނދި ފަތެއް ކަމުން ނިއުޓްރިޝަން ވެލިއުގެ ގޮތުން ކެރެޓް، އޮރެންޖް އަދި ކިރަށް ވުރެ ވެސް މަތީގައިވާ އެއްޗެކެވެ. ގިނަ ގޮތްގޮތުން ބޭނުންކުރެވޭ އަދި ގިނަ ގޮތްގޮތުން ކާނާގައި ހިމެނިދާނެ ފަތަކަށް ވާތީ ދިވެހިން އާންމުކޮށް ބޭނުންކުރެެ އެެވެ. ގުދުރަތީ ސިފައެއްގައި ކެއުމުން މުރަނގަ ފަތުގެ އެއްވެސް ނޭދެވޭ އަސަރެއް ނުކުރާ ކަމަށް ދިރާސާ ތަކުން ދައްކަ އެވެ.

ނަމަވެސް އަޅުގަނޑުމެންގެ ރާއްޖޭގައި އެންމެ އާންމުކޮށް މި ބޭނުންކުރަނީ އެންމެ ނޭދެވޭ ގޮތަށެވެ. ތެލުލިފަތް އެއީ އަނގަަޔަށް މީރު އެއްޗަކަށް ވިޔަސް ފައިދާ ހުރި އެއްޗެއް ނޫނެވެ. މުރަނގަ ފަތް ހޫނު ތެލުގައި ކެއްކުމުން ނިއުޓްރިޝަން ވެލިއު ތަފާތުވެ އެވެ. އަދި ތެލަކީ، ކޮލެސްޓްރޯލް މައްޗަށް ދިއުމާ، ފަލަވުން ފަދަ ކަންކަމަށް ބާރުދޭ އެއްޗެކެވެ. އެހެންކަމުން ތެލުލައިގެން ބޭނުންކުރުމަކީ މުރަނގަ ފަތް ނުރަނގަޅު ގޮތުގަ ބޭނުންކުރުމެެވެ.

މުރަނގަފަތުން ލިބޭ ބައެއް ފައިދާތައް:

  • ގިނަ ވިޓަމިންތަކެއް ހިމެނޭ
  • ގުދުރަތީ ގޮތުން އެންޓި-އިންފްލެމެޓަރީ ފަތެއް
  • ކެންސަރުފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީވޭ
  • އެންޓި އޮކްސިޑެންޓް ހިމެނޭތީ، ޓައިޕް ޓޫ ޑައިބެޓިކްސްއާ އަލްޒައިމާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީވޭ
  • ހަކުރު ދައްކޮށްދޭ
  • ކޮލެސްޓްރޯލް ދައްކޮށްދޭ
  • ބަނޑަށާއި މެއަށް ފައިދާ ލިބޭ
  • އިސްތަށިގަނޑާއި ހަމަށް ފައިދާވޭ
  • ބަރުދަން ލުއިކުރުމަށް އެހީވެދޭ

މުރަނގަފަތުގެ ފައިދާ ގިނަ ނަމަވެސް އާންމު ބައްޔަކަށް ފަރުވާ ކުރާނަމަ، މިސާލަކަށް ލޭ ތުނިކުރާ ބޭސް ބޭނުންކުރާ މީހުން، މާބަނޑުމީހުން، ސަޕްލިމެންޓެއްގެ ގޮތުން މުރަނގަ ފަތް ބޭނުންކުރާ ނަމަ ފުރަތަމަ ޑޮކްޓަރުގެ ލަފާ ހޯދުން މުހިންމެވެ.

މުރަނގަ ފަތް ކެއުމުގައި ބޭނުންކުރެވިދާނެ ގޮތް

  • ސަޓަނި ހަދައިގެން
  • ހުހަށް
  • ބިސްގަނޑަށް އަޅައިގެން
  • ރިހަ ކައްކައިގެން
  • އެހެން ކާއެއްޗެއްސާ އެއްކޮށްގެން