ވިޔަފާރި

ދިރާގު ސްމާޓް ފޯން ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ފޯނު ދީފި

ދިރާގުން އާއަހަރު ފެށުމުގެ މުނާސަބަތުގައި މިމަހުގެ ނިޔަލަށް ފެށި "ސްމާޓް ފޯން ގިވް އަވޭ، އެވްރީ ޑޭ" ޕްރޮމޯޝަންގެ ހަތަރު ވަނަ ހަފްތާގެ ނަސީބުވެރި ފަރާތްތަކަށް ހިލޭ ސްމާޓް ފޯނު ދީފި އެވެ.

މިއީ ދިރާގުން 2016 ވަނަ އަހަރުގެ ތަހުނިޔާ ކިއުމުގެ ގޮތުން އެކުންފުނީގެ ކަސްޓަމަރުންނަށް މިދިޔަ މަހު 11 ވަނަ ދުވަހު ފެށި ޕްރޮމޯޝަން ގައި ގުރުވަތުން ހޮވޭ ކޮންމެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ފޯނުތައް ލިބެއެވެ. އެގޮތުން އެޕަލް އައިފޯން 6 އެސް އާއި އެޕަލް އައިފޯން 6 ޕްލަސް އަދި ސެމްސަންގް ގެލެކްސީ އެސް 6 އެޖް އާއި ސެމްސަންގް ގެލެކްސީ އެސް 6 އެޖް ޕްލަސްގެ ފޯނު ދިރާގުން ހިލޭ ދޫކުރެއެވެ.

ޕްރޮމޯޝަންގެ ހަތަރު ވަނަ ހަފްތާގައި ގުރުއަތުން ހޮވުނު ފަރާތްތަށް:

- އަސްމާ އިބްރާހިމް، ގ. ބަނޑޭރިކޮށި 162. ކ. މާލެ
- އަހުމަދު ވަހީދު، ގުލްދަސްތާގެ. ހދ. ނޮޅިވަރަން
- ހިޝާމް އަހުމަދު، ހ. ސްވޯޑް، ކ. މާލެ
- އަހުމަދު ސަމީއު، ސާހިލް، ސ. ހުޅުދޫ
- މުހައްމަދު މުސްތާގު ސައީދު، މަންޒިލް، ސ. ފޭދޫ
- އަހުމަދު ރަޝީދު . ގ. ބްލޫވޭވެ، ކ. މާލެ
- މަދީހާ އަހުމަދު، ދެތަނޑިމާގެ، ބ. ހިތާދޫ

ދިރާގުން ބުނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ފޯނެއް ލިބުމުގެ ފުރުސަތު އޮންނަ މި ޕްރޮމޯޝަންގައި ބައިވެރި ވުމަށް ކަސްޓަމަރު އެއްވެސް ކަމެއް ކުރާކަށް ނުޖެހެ ކަމަށާއި އެކްޓިވް ހުރިހާ ކަސްޓަމަރުން މެދުގައި ގުރުއަތުން ހޮވޭނީ ކަމަށެވެ.

މި ޕްރޮމޯޝަނަކީ ޕޯސްޓްޕެއިޑް ކަސްޓަމަރުނަށް ހާއްސަ ކުރެވިގެން ކުރިޔަށް ގެންދާ ޕްރޮމޯޝަނަކަށް ވީކަމުގައި ވީނަމަވެސް ދިރާގުން ބުނީ މިފަދަ އެހެނިހެން ހަރަކާތްތައް އެކުންފުނީގެ އެހެން ޕްރޮޑަކްޓުތަކާއި ހިދުމަތްތައް ބޭނުން ކުރާ ފަރާތްތަކަށް ވެސް މިއަހަރު ކުރިޔަށް ގެންދަވާނެ ކަމަށެވެ.