މިނިވަން ދުވަސް

މިނިވަން އުފާ ކާނިވާ ނިންމުމަށް މިރޭ ހަވާ އަރުވަނީ

މިނިވަން އުފާ ކާނިވާ ނިންމުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ހަވާ އެރުވުމަށް ނިންމައިފި އެވެ.

އާބަންކޯއިން ބުނި ގޮތުގައި ކާނިވަލުގައި މިރޭ ވަރަށް ފޯރިގަދަ މިޔުޒިކު ޝޯއެއް އޮންނާނެ ކަމަށެވެ.

މި ޝޯގެ ތެރެއިން މިރޭ 9:00 ޖަހާއިރު ހަވާއެރުވުން އޮންނާނެ ކަމަށްވެސް ބުންޏެވެ.

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިހާރު ކުރިއަށްދާ ކާނިވާ އޮތީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

ހޯމް މިނިސްޓްރީއާއި އާބަންކޯ އިން އިންތިޒާމުކޮށްފައިވާ މި ކާނިވާ ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ކާނިވާ ހުޅުވި ރޭވެސް ހަވާގެ ކުޅިވަރުތައް ކުރިއަށް ގެންދިޔަ އެވެ. އެ ރޭ ސްޓޭޖު ހަރަކާތްތަކާއި، ޑްރޯން ޝޯ އަކާއި ޕެރަމޮޓޯ ހަރަކާތް ވެސް ކުރިއަށް ގެންދިޔަ އެވެ.