ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާ ރާއްޖޭގެ ގުޅުން ހަރުދަނާވާނެކަން ޔަގީން: މުއިއްޒު

އިންޑިއާ ރާއްޖޭގެ ގުޅުން އިތުރަށް ހަރުދަނާވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އިންޑިއާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބުގައި އެ ގައުމުގެ ރައީސް ދުރޫޕަދީ މުރްމޫއާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެ ފޮނުއްވި މެސެޖު ގައެވެ.

ރައީސް ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ އެކުވެރިކަމަކީ ތާރީހުގައި ވެސް ފާހަގަކޮށްލެވެލޭ ފަދަ ވަރުގަދަ ގުޅުމެއް ކަމަށެވެ.

"އެ އެކުވެރިކަން ވެގެން ދިޔައީ ރާއްޖެއާއި މި ސަރަހައްދުގެ ތަރައްގީ އާލާކުރާ ގުޅުމަކަށް،" ރައީސް ވަނީ ވިދާޅުވެފަ އެވެ.

ދާދި ފަހުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރެއްގައިވެސް ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އިސްކަންދޭކަން ފާހަގަކުރައްވާފަ އެވެ.