މާލޭގައި މީހަކު ރަހީނުކޮށް އޭނާގެ އަތުން ފައިސާތަކެއް ފޭރިގެންފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މިފަދަ މައްސަލައެއް ގެސްޓްހައުސްގެ ތެރޭގައި ހިނގައިގެން މިއަދު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މީހާ ރަހީނުކޮށް އޭނާގެ ބޭންކް އެކައުންޓްގައި ހުރި ފައިސާ އެހެން އެކައުންޓަކަށް ޓްރާންސްފާ ކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
ފޭރުނު ފައިސާގެ އަދަދާއި މިކަން ކުރި މީހުންނާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދިޔަ ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.