މުހައްމަދު ނާޒިމް

ނާޒިމުގެ ރަނިންމޭޓަކަށް ޑރ. އަދީލް

Aug 5, 2023

މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ ރަނިންމޭޓަކަށް ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސަވަން ނިންމަވައިފި އެވެ.

ނާޒިމުގެ ރަނިން މޭޓަކަށް ޑރ. އަދީލް ހަމަޖައްސަވަން ނިންމަވާފައިވާއިރު ނާޒިމުގެ ރަނިން މޭޓް އިއުލާނުކުރުން އޮންނާނީ ބިލަބޮންގް ސްކޫލުގައި މިރޭ ބާއްވާ ޖަލްސާއެއްގަ އެވެ.

އަދީލް ވަނީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާފަ އެވެ.

ސްކޫލު މެނޭޖްމަންޓް ދާއިރާއިން މާސްޓާސް ހައްދަވާފައިވާ އަދީލް ވަނީ އައްޑޫގެ ބައެއް ސްކޫލުތަކުގައި މަސައްކަތް ކުރައްވާފަ އެވެ.

އެގޮތުން ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލްކަން ކުރެއްވި އެވެ. މީގެ އިތުރުން އައްޑޫ އިސްލާމިއްޔާ ސްކޫލާއި ސ. އަތޮޅު ތައުލީމީ މަަރުކަޒުގައި އަދީލް މަސައްކަތް ކުރެއްވި އެވެ.

ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ޑރ. އަދީލަކީ އައްޑޫގެ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު އޮތް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.