މާލެއަށް މީގެކުރިނމް ދުވަހަކުވެސް އުދަ އަރާފައި ނުވާ ވަރަށް މިއަދު އުދަ އަރައިފި އެވެ.
މާލެއަށް އެންމެ ބޮޑަށް މިއަދު އުދަ އަރާފައިވަނީ ހެންވޭރު ރާޅުގަނޑު ސަރަހައްދުންނެވެ.
މީގެއިތުރުން މާލޭގެ ހުޅަނގު ދެކުނު ސިނާއީ ސަރަހައްދަށް ވެސް ވަރަށް ބޮޑަށް އުދަ އަރާފައިވެ އެވެ.
އުދަ އުރެދުމާ ގުޅިގެން އެ ސަރަހައްދުގެ ބައެއް ގެތަކަށް ފެންވަދެ މަގުމަތީގައި ހުރި ބައެއް ވެހިކަލްތަކަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.
އުދަ އެރިވަގުތު ސައިކަލް ތަކުގައި ދަތުރުކުރި ބައެއް މީހުން އުދައިގެ ބާނިގަނޑު ޖެހި މަގުމައްޗަށް ވެއްޓި އަނިޔާވެސް ވެފައިވެ އެވެ.
މާލެއަށް މިއަދު އާދަޔާ ހިލާފަށް އުދައެރުމާ ގުޅިގެން ކަމާ ގުޅޭ އިދާރާތަކުން ވަނީ ސަމާލުވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫއަށް ހަމައަށް ހުރި ރަށްތަކަށް އުދައިގެ އަސަރުކުރާނެ ކަމަށް ބުނެ ސަމާލުވުމަށް އަންގާފަ އެވެ.