ރައީސް އަބްދުﷲ ޔާމީން

ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ޔާމީން އެދިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: އަވަސް
0%
0%
0%

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ހައިކޯޓުގައި އެދިއްޖެ އެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔާމީން 11 އަަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލަ އެމަނިކުފާނު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

މައްސަލައިގެ ގިނަ އަޑުއެހުންތަކެއް ނިމުނުފަހުން އިސްތިއުނާފް އަޑުއެހުންތައް މެދުކެނޑުނީ މައްސަލަ ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ފަނޑިޔާރަކު ޗުއްޓީ ނެންގެވުމާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގައި ހުކުމާ ހަމައަށް ދިއުން ލަސްވެފައި ވަނިކޮށް ހުކުމް ތަންފީޒު ކުރުމުގެ އަމުރަކަށް ރައީސް ޔާމީން އެދިވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ. ކުރިން ސިޓީ އަކުންވެސް ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް އެދިވަޑައިގެންނެވި އެވެ. ނަމަވެސް އޭރު އެކަމަށް އެދިފައި އޮތީ އެކަން ކުރަން އޮންނަ އުސޫލުން ނޫން ކަމަށް އެނގިފައިވެ އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި އޮތް ރޭ ވެސް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އިސްތިއުނާފް ނުނިނި ދިގުލާތީ އެއީ އެމަނިކުފާނުގެ ހައްގުތަކެއް ކޯޓުތަކުގެ ތެރެއިން ނިގުޅައިގަތުން ކަމަށް ސިފަކުރައްވާ ވާހަކަދައްކަވާފަ އެވެ.

ރައީސް ޔާމީނަށް ކެންޑިޑެސީ ގެއްލުނު މައިގަނޑު ދެ ސަބަބަކީ ހުކުމެއް ތަންފީޒު ކުރަމުން ދިއުމާއި ހުކުމާ އެކު ދައްކަންޖެހިފައި އޮތް ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކާ އޮތުމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345