ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ މައްސަލަ އެއްމަސް ފަހުން ހައިކޯޓުގައި ތާވަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާ އެކު -- ފޮޓޯ އަވަސް
0%
0%
0%

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އެ މައްސަލައިގެ އަޑުއެހުމެއް ގިނަ ދުވަސްތަކަކަށްފަހު ތާވަލްކޮށްފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތުގައި އަމަލުތަކެއް ހިންގާފައިވާ ކަމަށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރީ ރައީސް ޔާމީން އެވެ.

ހައިކޯޓުގައި އިސްތިއުނާފް އަޑުއެހުމެއް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިހަފްތާގެ ބުރާސްފަތި ދުވަހު އެވެ.

އިސްތިއުނާފް މައްސަލަ ހައިކޯޓުގައި ކުރިއަށް ނުދާތާ މަހަކަށް ވުރެ ގިނަ ދުވަސްވުމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން މިއަދު ވަނީ ހައިކޯޓަށް ވަޑައިގެން މައްސަލަ ކުރިއަށް ނުދާ ސަބަބު ސާފުކުރެއްވުމަށް މަސައްކަތް ކުރައްވާފަ އެވެ.

ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި މެދުކެނޑުނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާ ގުޅިގެންނެވެ.

އިސްތިއުނާފް އަޑުއެހުމެއް އަލުން ތާވަލްކޮށްފައި މިވަނީ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށް ދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހައިކޯޓަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުމުގެ ގިނަ އަޑުއެހުންތައް ވަނީ ނިމިފަ އެވެ. އެހެންވެ އިތުރު އަޑުއެހުމެއް ނުބޭއްވި މިހާ ގިނަ ދުވަސްވުމާ ގުޅިގެން ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ޓީމުންނާއި އަދި ޕީޕީއެމް އިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345