ފިނިޕޭޖް

ކަރަން އާއި ސަލްމާން 25 އަހަރު ފަހުން އެކުގައި މަސައްކަތްކުރަނީ

ސަލްމާން ހާން އާއި ކަރަން ޖޯހަރު -- ފޮޓޯ: ބޮލީވުޑް ހަންގާމާ
0%
0%
0%

ޑައިރެކްޓަރު ވިޝްނޫ ވަރުދާންގެ ބޮޑު އެކްޝަން ފިލްމަކަށް ސަލްމާން ހާން އާއި ކަރަން ޖޯހަރު އަނެއްކާވެސް އެކުގައި މަސައްކަތް ކުރަން ތައްޔާރުވެއްޖެ އެވެ.

މި ހަބަރާ އެކު ފާހަގަކޮށްލަންޖެހޭ ކަމަކީ މިއީ 1998 ވަނަ އަހަރުގެ "ކުޗް ކުޗް ހޯތާ ހޭ" އަށް ފަހު ސަލްމާން އާއި ކަރަން ފިލްމެއްގައި އެކުގައި މަސައްކަތްކުރާ ފުރަތަމަ ފަހަރު ކަމެވެ.

މި ފިލްމުގެ ނަމާއި ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް މި ފިލްމަކީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރު ކުރާނެ ފިލްމަކަށް ވެގެންދާނެ ކަމަށް ބެލެވެ އެވެ.

ސަލްމާން މިހާރު ތައްޔާރުވަމުން އަންނަނީ މި އަހަރު ދިވާލީގައި ބެލުންތެރިންނާ ހަމައަށް ގެންނަން ހަމަޖެހިފައިވާ، މަނީޝް ޝަރްމާގެ "ޓައިގާ 3" ރިލީޒްކުރުމަށެވެ.

ވައިއާރްއެފްގެ އުފެއްދުމެއް ކަމަށްވާ "ޓައިގާ ވާސަސް ޕަތާން" އަދި ސޫރަޖް ބަރްޖަތުޔާ ޑައިރެކްޓްކޮށްފައިވާ، "ޕްރޭމް ކީ ޝާދީ" ވެސް ސަލްމާންގެ ކުރިއަށް އޮތް ފިލްމު ތަކުގެ ތެރޭގައި ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910