ފިނިޕޭޖް

މާކް ޖޭކަބްސްގެ ފޯލް ކަލެކްޝަންގެ މޫނަކަށް ކިމް ކާޑޭޝިއަން

ރިއަލިޓީ ޓީވީ ތަރި އަދި "ސްކިމްސް"ގެ ފައުންޑާ ކިމް ކާޑޭޝިއަން، 42، ޑިޒައިނާ މާކް ޖޭކަބްސްގެ ފޯލް 2023 ކަލެކްޝަނަށް މޮޑެލްކޮށްފި އެވެ.

މާކް ޖޭކަބްސްގެ ފޯލް 2023 ކަލެކްޝަނަށް ކިމް މޮޑެލްކޮށްފައިވާ ހެދުންތަކަކީ "ރެޑީ-ޓު-ވެއާ" ހެދުންތަކާއި އެކްސެސަރީޒްތަކެކެވެ.

މި ކެމްޕޭންގެ ތިން ފޮޓޯ ސޯޝަލް މީޑިއާގައި މިހާރު އާންމުކޮށްފައިވާއިރު މާކް ޖޭކަބްސްގެ ވެބްސައިޓްގައި މި ކަލެކްޝަންގައި ވިއްކާ ހެދުމާއި އެކްސެސަރީޒްއާ އެކު މި ކެމްޕޭންގެ ފޮޓޯތަކާއި ވީޑިއޯ ފެނެ އެވެ.

ކިމްއަކީ އޭނާގެ ކޮއްކޮ ކެންޑަލް ޖެނާ ފަދައިން ޕްރޮފެޝަނަލް މޮޑެލްއެއް ނޫން ނަމަވެސް، ކިމް ވަނީ މީގެ ކުރިން ޑޮލްޗޭ އެންޑް ގަބާނާ، ސްޓުއަޓް ވައިޓްޒްމަން އަދި އަމިއްލަ ބްރޭންޑް "ސްކިމްސް"ގެ ތަކެއްޗަށް މޮޑެލްކޮށްފަ އެވެ.

މީގެ އިތުރުން ކިމް އާއި އޭނާގެ އާއިލާ އަކީ އަބަދުވެސް ޒީނަތްތެރިވުމަށް ލޯބިކުރާތީއާއި ބަރަހަނާ ހެދުން ބޭނުންކުރާތީ އަބަދުވެސް ގިނަ ބައެއްގެ ސަމާލުކަން ލިބޭ އާއިލާ އެކެވެ.