ދިޔާނާ ސައީދު

ރައީސަށް ތާއީދުކުރަން ނިންމާ ދިޔާނާގެ ތައުރީފު އަސްލަމަށް

މާލޭގައި ދިރިއުޅޭ އައްޑޫ ރައްޔިތުންނަށް ބޭއްވި ބައްދަލުވުމުގައި ދިޔާނާ ސައީދު ވާހަކަ ދައްކަވަނީ
0%
0%
100%

އަންނަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދުކުރަން ނިންމާ އެމަނިކުފާނުގެ ރަނިން މޭޓު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ތައުރީފު ކުރައްވައިފި އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރޭ އަސްލަމް ބޭއްވި ބައްދަލުވުމުގައި ދިޔާނާ ވިދާޅުވީ އަސްލަމަކީ އައްޑޫއަށް ހިދުމަތްތެރި ބޭފުޅެއް ކަމަށާއި އައްޑޫއަށް އަސްލަމަށްވުރެ ބޮޑަށް ހެޔޮއެދޭ ބޭފުޅަކު ނުހޯދޭނެ ކަމަށެވެ.

"އައްޑޫ ފަސްގަނޑުން ނުވަތަ މި ރާއްޖޭގެ ފަސްގަނޑުންވެސް ނުހޯދޭނެ އައްޑުއަށް އަސްލަމަށްވުރެ ވަކި ބޮޑަށް ހެޔޮއެދޭ ބޭފުޅެއް،" ދިޔާނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ހަތަރު ވަނަ ދައުރު ފުރިހަމަ ކުރައްވާ އަސްލަމް އައްޑޫގެ ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރެއްވިކަން ދިޔާނާ ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހަށް ދިޔާނާ ތާއީދުކުރައްވާފައިމިވަނީ ފާއިތުވި ދުވަސްތަކުގައި ރައީސް ސޯލިހަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވުމަށްފަހު އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދަވާލާ

ލަނޑަޔާ ވާނީ ލަނޑަޔާ މިއީ ލައްކަ ވާހަކަ ދިޔާނާ

ހުސްނު

ތީ ފައްކާ ޖޯކަރެއް އޭނަ ކައިރީގަ އަހާލަބަލަ އެންމެ ފުރަތަމަ އިނދެގެން އުޅުނުމީހާ ވަރިކުރީ ކީއްވެގެންތޯ. ވަރައްތާހިރުވާނެ އޭރުން. ދެން އިނީ ދުނިޔޭގަވެސްނެއް ވަރުގެ އިންސާނެއްގެ ސިފައިގަހުރި ފައްކާ ޖަނަވާރަކާ މާމޮޅުވާނެކަމަށްހީކޮށް ފައިސާއަށް މީހަކާ އިންމީހެއްތީ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910