އެމްޑީޕީ

ށ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް ރައިޝަމް އެމްޑީޕީއަށް

ށ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަހްމަދު ރައިޝަމް އެމްޑީޕީއަށް އަލުން ސޮއި ކުރައްވައިފި އެވެ.

ރައިޝަމް އެމްޑީޕީއަށް ސޮއި ކުރެއްވި ފޯމާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ޗެއާޕާސަން އަދި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އެވެ.

ރައިޝަމް އަކީ އެމްޑީޕީގެ ޓިކެޓްގައި ކުރިން ށ. ފޭދޫ ކައުންސިލްގެ ރައީސް ކަމަށް ހޮވުނު ބޭފުޅެކެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަރުހަލާގައި އޭނާ ވަނީ ށ. އަތޮޅުގައި އެ މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރައްވާފަ އެވެ.

ގދ. ތިނަދޫ ކައުންސިލްގައި ހިމެނޭ ޕީޕީއެމް ކައުންސިލަރު މުހައްމަދު ޒަލީފް އަބްދުﷲ އާއި ލ. ކުނަހަންދޫ ކައުންސިލްގެ ރައީސް އިސްމާއީލް ޝަކީބް ވެސް އިއްޔެ ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފަ އެވެ.