އާބަންކޯ

ހުޅުމާލޭގައި 16 ރެސިޑެންޝަލް އިމާރާތް އަޅަން ހަވާލުކޮށްފި

ހުޅުމާލޭގައި 16 ރެސިޑެންޝަލް އިމާރާތް އަޅަން ކުންފުނިތަކާ ހަވާލުކޮށްފި އެވެ.

އާބަންކޯ އިން ބުނި ގޮތުގައި ހުޅުމާލޭގައި އިމާރާތްކުރާ 16 ރެސިޑެންޝަލް ކޮމްޕްލެކްސްގެ ތެރެއިން 10 ކޮމްޕްލެކްސްއަކީ ހަމައެކަނި މީހުން ދިރިއުޅުމަށް ހާއްސަކުރެވޭ އިމާރާތްތަކެކެވެ.

މި 10 ކޮމްޕްލެކްސް އިމާރާތްކުރަނީ ހުޅުމާލެ 1، އަދި ހުޅުމާލެ 2ގަ އެވެ. މީގެ އިތުރުން ހުޅުމާލެ 1 ގައި މިކްސްޑް ރެސިޑެންޝަލް ހަ އިމާރާތް ހެދުމަށް ވަނީ ނިންމާފަ އެވެ.

އާބަންކޯގެ އޮފިޝަލަކު ވިދާޅުވި މި އިމާރާތްތަކުގައި 1،800 އަށްވުރެ ގިނަ އެޕާޓްމަންޓް ހުންނާނެ އެވެ.

މި މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިއްޔެ ނިމުނު މޯލްޑިވްސް ލިވިން އެކްސްޕޯގަ އެވެ.

ހަމައެކަނި މީހުން ދިރިއުޅޭ ގޮތަށް ހަދާ ރެސިޑެންޝަލް ކޮމްޕްލެކްސް

  • ބްލޫ ސްޕޭން ޕްރައިވެޓް ލިމިޓެޑް
  • އައިވްސް ޕްރައިވެޓް ލިމިޓެޑް
  • އީޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް
  • ބިގްހަޓް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް
  • ބިލްޑްއަޕް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
  • ވެލިގާ ހާޑްވެއާ ޕްރައިވެޓް ލިމިޓެޑް
  • ގްލޯރިއަސް ރެސިޑެންސް ޕްރައިވެޓް ލިމިޓެޑް
  • ބިލްޓް ސްޕޭސަސް ޕްރައިވެޓް ލިމިޓެޑް
  • އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑް
  • އަލާފް ޕްރައިވެޓް ލިމިޓެޑް

މިކްސްޑް ރެސިޑެންޝަލް ކޮމްޕްލެކްސް އިމާރާތްކުރަން ވަނީ ފަސް ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އެގޮތުން ދެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

މީގެ އިތުރުން މިކްސްޑް ރެސިޑެންޝަލް ކޮމްޕްލެކްސް އަޅަން ހަވާލުކުރީ ރެނާޓަސް ޕްރޮޖެކްޓް ޕްރައިވެޓް ލިމިޓެޑާއި އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ކަނޑޫފާ ޕްރައިވެޓް ލިމިޓެޑް އަދި ސިންގުހާލް އާ އެވެ.