މުހައްމަދު ނާޒިމް

ނާޒިމްގެ މާލޭ ސަރަހައްދުގެ ޕްލޭން ހޮނިހިރު ދުވަހު ހާމަކުރަނީ

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މާލެ ސަރަހައްދަށް ގެންގުޅުއްވާ ސިޔާސަތު ހޮނިހިރު ދުވަހުގެ ރޭ ހާމަ ކުރުމަށް ނިންމައިފި އެވެ.

ނާޒިމްގެ ކެމްޕޭން އޮފީހުން ބުނި ގޮތުގައި މިކަމާ ގުޅޭ ހާއްސަ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ބިލަބޮންގް ސްކޫލް ގައެވެ.

"މި ޕްލޭނަކީ ނާޒިމްގެ ވެރިކަމުގައި، މާލެ, ހުޅުމާލެ، ވިލިނގިލި، ގުޅިފަޅު, އަދި ގިރާވަރުފަޅު ސަރަހައްދު ތަރައްގީ ކުރާނެ ގޮތް. މީ ޒަމާނީ ތަރައްގީ ގެންނާނެ ގޮތުގެ ޕްލޭނެއް" ނާޒިމްގެ ކެމްޕޭން މެނޭޖަރު ހުސައިން އިސްމާއީލް ވިދާޅުވި އެވެ.

ނާޒިމްގެ ވެރިކަމެއްގައި ކުރިއަށް ގެންދާނެ ހުރިހާ މަޝްރޫއު އެއް ވެސް ރޭވިފައި ހުންނާނީ ހަގީގަތުގެ މައްޗައް ބިނާކޮށް ކަމަށާއި، އަދި އެއް ސިޔާސަތުގެ ދަށުން އަނެއް ސިޔާސަތު ވެސް ހާސިލް ކުރުމަށް ފަސޭހަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމުގެ ވައުދުތަކުގެ ތެރޭގައި އާންމުން ނަގާ ލޯނަށް ގެރެންޓީ ދޭނެ ކަމަށާއި، މާލެއާއި ހުޅުމާލެ، މޮނޮރެއިލް އަކުން ގުޅާލުމާއި، ޑޮލަރުގެ އަގު ދަށްކޮށް ފުދުންތެރިކަން އިތުރުކުރުން ހިމެނެ އެވެ.