މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

ހައިވޭގެ ލޭނެއް ވަކި ވަގުތެއްގައި ބަންދުކުރަނީ

ހުޅުމާލޭ ލިންކް ރޯޑް އަދި ބޯށިމާހިނގުމުގައި ގާއިމުކުރަމުންދާ ސޯލާ ޕީވީ މަސައްކަތުގެ ތެެރެއިން ސަބްސްޓޭޝަންތަކުގެ ފައުންޑޭޝަންގެ މަސައްކަތްކުރުމަށް ވަކި ގަޑިތަކެއްގައި ލިންކް ރޯޑްގެ ބައެއް ސަރަހައްދުތައް ބަންދުކުރުމަށް ނިންމައިފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މާލެ-ހުޅުމާލެ ލިންކް ރޯޑު އަދި ބޯށިމާ ހިނގުމުގައި ސަބްސްޓޭޝަންގެ ފައުންޑޭޝަންގެ މަސައްކަތްކުރުމަށް މިމަހުގެ 20 އަދި 24 ވަނަ ދުވަހު ލިންކް ރޯޑުގެ ހަތަރު ސަރަހައްދެއް އަދި ބޯށިމާ ހިނގުމުގެ އެއް ސަރަހައްދުގެ މަގުގެ އެއް ލޭނު ބަންދުކޮށްގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސަބްސްޓޭޝަންތަކުގެ ފައުންޑޭޝަންގެ މަސައްކަތް ކުރަމުންދާ ގަޑީގައި މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް އެއްގަމު ދަތުރުކުރާ މީހުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށް ގެންދަނީ 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ މަޝްރޫއެކެވެ.