މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

ހައިވޭގެ ލޭނެއް ވަކި ވަގުތެއްގައި ބަންދުކުރަނީ

ހުޅުމާލޭ ލިންކް ރޯޑުގައި ގާއިމުކުރާ ސޯލާ ޕީވީ ނިޒާމުގެ މަސައްކަތްތަކެއް ކުރުމަށް ލިންކް ރޯޑުގެ އެއް ލޭނުގެ ބައެއް ސަރަހައްދުތައް ބަންދުކުރުމަށް ނިންމައިފި އެވެ.

ސޯލާ ޕީވީ ނިޒާމުގެ މަސައްކަތަށް ލިންކް ރޯޑުގެ އެއް ލޭން އަދި ބޯށިމާހިނގުމުގެ ސަރަހައްދެއް ބަންދުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން މިމަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 11:30 އަށް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ ލިންކް ރޯޑުގެ ބައެއް ސަރަހައްދުތައް ބަންދު ވިކަމުގައިވިޔަސް އާންމު ދަތުރުފަތުރުތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.

އެހެންކަމުން މަސައްކަތް ކުރިއަށްދާ ގަޑިތަކުގައި އެ ސަރަހައްދުތަކުން އެއްގަމު ދަތުރުކުރާއިރު ސަމާލުވުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނި އިލްތިމާސްކޮށްފަ އެވެ.

ލިންކް ރޯޑުގައި ކުރިއަށްގެންދާ ސޯލާ ޕީވީ ނިޒާމުގެ މަސައްކަތަށް މީގެ ކުރިންވެސް ލިންކް ރޯޑުގެ އެއް ލޭން އަދި ބޯށިމާހިނގުމުގެ ބައެއް ސަރަހައްދުތައް ބަންދުކޮށްފައިވެ އެވެ.