ޠާރިގު އިބްރާހީމް

ސޯލާ ޕެނަލްތައް ނެގުމުގެ މަޝްވަރާތައް ކުރަނީ

ހުޅުލެ-ހުޅުމާލެ ހައިވޭގައި ހުރި ސޯލާ ޕެނަލްތައް ނެގުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވި ގޮތުގައި ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތަކަކީ ވޯލްޑް ބޭންކްގެ ގެރެންޓީ މެކޭނިޒަމްގެ ދަށުން އަމިއްލަ ފަރާތަކުން ޖަހާފައިވާ ސިސްޓަމެކެވެ.

އެ ސޯލާ ޕެނަލް ސިސްޓަމުން ދުވާލަކު 5.5 މެގަވޮޓް އުފައްދާކަން ތޯރިގު ފާހަގަކުރެއްވި އެވެ.

"މިކަހަލަ ޕްރައިވެޓް ސެކްޓާ އިންވެސްޓްމަންޓް މޫވްކުރާނަމަ ދުވަސް ނަގާނެ އަދި އޭގެ އިތުރަށް އެފިޝެންސީ ދެމެހެއްޓުމަށްޓަކައި މިވަގުތު ސްޓެލްކޯގެ ޖެނެރޭޝަން ކެޕޭސިޓީވެސް އިންކްރީޒްކުރަންޖެހޭ،" ތޯރިގު ވިދާޅުވި އެވެ.

ސޯލާ ޕެނަލްތައް ނެގުމަށް ކޮންޓްރެކްޓަރުގެ އިތުރުން ވޯލްޑް ބޭންކްއާ މިހާރު ވާހަކަ ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައިވޭގައި ހުރި ސޯލާ ޕެނަލްތަކުގައި ކާރާއި ސައިކަލު ޖެހި އެކި ފަހަރު މަތިން ނުރައްކާތެރި އެކްސިޑެންޓުތައް ވެސް ވަނީ ހިނގާފަ އެވެ.