ވިޔަފާރި

ޑިމޮކްރަސީ ވީކްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި

އިލެކްޝަން ކޮމިޝަން (އީސީ) އިން ބާއްވާ ޑިމޮކްރަސީ ވީކްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

އީސީ އިން ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޑިމޮކްރަސީ ހަފްތާ ހއ. ހޯރަފުށީގައި ބޭއްވުމަށް ނިންމަވާފައިވާ އިރު ހަރަކާތްތަކުގައި، ޑިމޮކްރަސީ އާއި ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވާ މައުލޫމާތު ފޯރުކޮށްދިނުމުގެ ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މިއަދު އެކޮމިޝަންނުން ވަނީ ޑިމޮކްރަސީ ވީކްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފައެވެ.

އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވީ ގައުމީ ފެންވަރުގައި ބޭއްވޭ މިފަދަ ބޮޑު ހަރަކާތްތަކުގައި ފުޅާދާއިރާއެއްގައި ބައިވެރިވުމަކީ ދިރާގުން އަބަދުވެސް ވަރަށް އިސްކަން ދޭކަމެކަމެއް ކަމަށާއި މިހަރަކާތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިޔުމަށް ދިރާގަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށެވެ.

ޑިމޮކްރަސީ ވީކްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފާ ވާއިރު އީސީ އިން ވަނީ ޕީއެސްއެމް އަށް މީޑިއާ ޕާޓްނަރުކަން ހަވާލުކޮށްފަ އެވެ.